ފުލް ވީޑިއޯ ޑައުންލޯޑް ކުރުއްވާ
http://www.jamiyyathusalaf.com/
ފުލް ވީޑިއޯ ޑައުންލޯޑް ކުރުއްވާ
http://www.jamiyyathusalaf.com/
ޙުދޫދުއާއި ޤިޞާޞްގެ މައްސަލައިގައި އެންމެ ހެޔޮކަންބޮޑު ގޮތަކީ މާފުކުރުން ކަމުގައި ވިދާޅުވަމުން މައުމޫން ވިދާޅުވީ މިހެންނެވެ. (وَأَنْ تَعْفُواْ خَيْرٌ لَكُمْ) މި ޢިބާރާތުގެ މާނައަކީ ”ތިޔަބައިމީހުންނަށް އެންމެ ހެޔޮކަންބޮޑީ މަޢާފުކުރުމެވެ.” މިއީ އާޔަތެއްނޫނެވެ. މިއީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ހައްދަވައިގެން މައުމޫން ވިދާޅުވި ޢަރަބި ޢިބާރާތެކެވެ.
މިހާރު ސްޕްރީމް ކޯޓުގައި ހިގަމުންދަނީ ދިވެހި ތާރީޚުގައި ފާހަގަ ކުރެވޭނޭ ޤަޟިއްޔާ އެކެވެ. އެއީ ކަނޑައެޅިގެން ދީނުގައި އައިސްފައި ހުރި ބައެއް ޙުކުމް ތަކަށް އިންކާރު ކުރައްވާ މ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ގައްޔޫމް ސައްތައިން ސައްތަ އިސްލާމީ ދިވެހި ގައުމުގެ ވެރިކަމަށް ކުފޫ ހަމަނުވާކަމުގައި ޢަދާލަތުން ކުރި ދަޢުވާއެވެ.
“أنَسގެފާނު ވިދާޅުވިއެވެ. އަހުރެން رَسُوْل اللهِ صلى الله عليه وسلمގެ އަރިހުގައި ނަމާދު ކުރީމެވެ. އަދި أَبُو بَكر, عُمَر އަދި عُثْمَان رَضِيَ الله عَنْهُم މިބޭބޭކަލުންގެ އަރިހުގައި އަހަރެން ނަމާދު ކުރީމެވެ. މިއިން އެއްބޭކަލަކުވެސް بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ވިދާޅުވާއަޑު އަހުރެން ނުއަހަމެވެ.”(صَحِيْحُ مُسْلِم: 605)
ޙަސަން ސަޢީދު ވަރަށް ރަނގަޅަށް އަޅުގަނޑު ދަންނަމެވެ. ޙަސަންސަޢީދަކީ ސުންނީ މުސްލިމެއްކަމާ މެދު އަޅުގަނޑު ސުވާލު އުފެދެއެވެ. އަޅުގަނޑަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރަކީމެވެ. ޙަސަންސަޢީދު ބަންޑާރަ ނައިބު ކަމުގައި ހުންނެވި ދުވަސްވަރު ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންނަށް ޕަބްލީކް ލެކްޗަރ އެއް ދެއްވައެވެ. މިގޮތުން އެއްދުވަހަކު ދެއްވި ޕަބްލިކް ލެކްޗަރ އެއްގައި ބެޗްލަރ އޮފް ލޯސް ކޯހުގައި އުޅުއްވާ ޝާފިޢު ޙަސަންސަޢީދު އާއި ސުވާލުކުރިއެވެ. ސުވާލޫ: ‘ޙަސަން ސަޢީދު ބަންޑާރަ ނައިބުކަމުގައި ހުންނަވައިގެން އިސްލާމީ ޝަރީޢަތުގެ ޙައްދު ކަނޑައެޅިފައިވާ ޙުކުމްތައް ތަންފީޒު ނުކުރަނީ ކީއްވެ؟’ ޙަސަންސަޢީދުގެ ޖަވާބު: ‘އިސްލާމްދީނަކީ ވަރަށް ފްލެކްސިބަލް އެއްޗެއް އަދި އިސްލާމް ދީނަކީ ޒަމާނާ އެއްގޮތައް ބަދަލުވާ އެއްޗެއް، އަޅުގަނޑު ކޮންމެހެން ޤުރުއާނާ ދެކޮޅުހަދަނީކީއެއްނޫން، އަދި އަޅުގަނޑު ޤަބޫލެއްނުކުރަން މީސްމީހުންގެ އަތް ކަނޑައިގެން ރަޖަމުކޮށް މީހުން މަރައިގެން ޤައުމު އިޞްލާޙްވާނެކަމަކަށް، ސިންގަޕޫރުގައިވެސް މަސްތުވާތަކެތީގައި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދޭ، ނަމަވެސް މިހާރު ތިބޭފުޅުން ގޮސް ބެއްލެވިކަމުގައިވިޔަސް ސިންގަޕޫރުގެ މަގުމަތީގައި ޑްރަގް ބޮއެގެން ވެއްޓިފަ މީހުން ތިބޭނެ، މީހުން މަރައިގެން ކޮންޓްރޯލް ކުރޭވޭނަމަ ސިންގަޕޫރު ކީއްވެ ކޮންޓްރޯލް ނުވާންވީ؟’ މިއީ ޙަސަން ސަޢީދުގެ ޙާލަތެވެ. މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ. ޙަޤީޤަތެވެ. މިހާރު ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުން ކުރެން އެއްސެވިޔަސް މިނޫން ޖަވާބެއް ނުލިބޭނެއެވެ. އަދި ބޭންކް އިންޓެރެސްޓަކީ ރިބާ ނޫންކަމަށްވެސް ޙަސަންސަޢީދު އެދުވަހު ސާބިތުކޮށްދީފައި ވެއެވެ. އެދުވަހު ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުންވަނީ ޙަސަންސަޢީދު ރައްވާލާފައެވެ. ދަރިވަރުންގެ ދީނީ ސުވާލުތަކަށް ޖަވާބުދޭން ނުކުޅެދުމުން އެއްމެ ފަހުން ދަރިވަރުންގެ ސުވާލުތައް މާހޫނުކޮށް އަންނަން ފެށުމުން ރުޅިއައިސްގެން ޙަސަން ސަޢީދުވަނީ މައިކް ޕޯޑިއަމަށް ޖަހާލާފައި އޮޑިޓޯރިއަމުން ބޭރަށްގޮސްފައެވެ.
މިފަދަމީހަކަށް އަޅުގަނޑުމެން ވޯޓުނުލާނެކަން ކަށަވަރުކޮށްދެމެވެ.