ހިޔާލު ދެއްވީ: އިބްރާހީމް ސަޢީދު, ތާރީހް: 09/28/2008 ދުވަހު: 02:09

ޙަސަން ސަޢީދު ވަރަށް ރަނގަޅަށް އަޅުގަނޑު ދަންނަމެވެ. ޙަސަންސަޢީދަކީ ސުންނީ މުސްލިމެއްކަމާ މެދު އަޅުގަނޑު ސުވާލު އުފެދެއެވެ. އަޅުގަނޑަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރަކީމެވެ. ޙަސަންސަޢީދު ބަންޑާރަ ނައިބު ކަމުގައި ހުންނެވި ދުވަސްވަރު ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންނަށް ޕަބްލީކް ލެކްޗަރ އެއް ދެއްވައެވެ. މިގޮތުން އެއްދުވަހަކު ދެއްވި ޕަބްލިކް ލެކްޗަރ އެއްގައި ބެޗްލަރ އޮފް ލޯސް ކޯހުގައި އުޅުއްވާ ޝާފިޢު ޙަސަންސަޢީދު އާއި ސުވާލުކުރިއެވެ. ސުވާލޫ: ‘ޙަސަން ސަޢީދު ބަންޑާރަ ނައިބުކަމުގައި ހުންނަވައިގެން އިސްލާމީ ޝަރީޢަތުގެ ޙައްދު ކަނޑައެޅިފައިވާ ޙުކުމްތައް ތަންފީޒު ނުކުރަނީ ކީއްވެ؟’ ޙަސަންސަޢީދުގެ ޖަވާބު: ‘އިސްލާމްދީނަކީ ވަރަށް ފްލެކްސިބަލް އެއްޗެއް އަދި އިސްލާމް ދީނަކީ ޒަމާނާ އެއްގޮތައް ބަދަލުވާ އެއްޗެއް، އަޅުގަނޑު ކޮންމެހެން ޤުރުއާނާ ދެކޮޅުހަދަނީކީއެއްނޫން، އަދި އަޅުގަނޑު ޤަބޫލެއްނުކުރަން މީސްމީހުންގެ އަތް ކަނޑައިގެން ރަޖަމުކޮށް މީހުން މަރައިގެން ޤައުމު އިޞްލާޙްވާނެކަމަކަށް، ސިންގަޕޫރުގައިވެސް މަސްތުވާތަކެތީގައި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދޭ، ނަމަވެސް މިހާރު ތިބޭފުޅުން ގޮސް ބެއްލެވިކަމުގައިވިޔަސް ސިންގަޕޫރުގެ މަގުމަތީގައި ޑްރަގް ބޮއެގެން ވެއްޓިފަ މީހުން ތިބޭނެ، މީހުން މަރައިގެން ކޮންޓްރޯލް ކުރޭވޭނަމަ ސިންގަޕޫރު ކީއްވެ ކޮންޓްރޯލް ނުވާންވީ؟’ މިއީ ޙަސަން ސަޢީދުގެ ޙާލަތެވެ. މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ. ޙަޤީޤަތެވެ. މިހާރު ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުން ކުރެން އެއްސެވިޔަސް މިނޫން ޖަވާބެއް ނުލިބޭނެއެވެ. އަދި ބޭންކް އިންޓެރެސްޓަކީ ރިބާ ނޫންކަމަށްވެސް ޙަސަންސަޢީދު އެދުވަހު ސާބިތުކޮށްދީފައި ވެއެވެ. އެދުވަހު ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރުންވަނީ ޙަސަންސަޢީދު ރައްވާލާފައެވެ. ދަރިވަރުންގެ ދީނީ ސުވާލުތަކަށް ޖަވާބުދޭން ނުކުޅެދުމުން އެއްމެ ފަހުން ދަރިވަރުންގެ ސުވާލުތައް މާހޫނުކޮށް އަންނަން ފެށުމުން ރުޅިއައިސްގެން ޙަސަން ސަޢީދުވަނީ މައިކް ޕޯޑިއަމަށް ޖަހާލާފައި އޮޑިޓޯރިއަމުން ބޭރަށްގޮސްފައެވެ.
މިފަދަމީހަކަށް އަޅުގަނޑުމެން ވޯޓުނުލާނެކަން ކަށަވަރުކޮށްދެމެވެ.

Leave a Reply